ދ. މީދޫ ސިއްހީ މަރުކަޒުގައި ސްޓްރޯކެއް ޖެހި ހާލު ދެރަވެފައިވާ މީހަކު އެމްއެންޑީއެފުން މިއަދު މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ދ. މީދޫ ދަގަނޑުގޭ، ޙައްވާ މޫސާ، 66، މާލެ ގެނެސްފައި ވަނީ އޭނާގެ ހާލު ސީރިއަސްވެގެން މާލެ ގެނައުމަށް ޑޮކްޓަރު އިރުޝާދު ދެއްވުމުން، މެދު ސަރަހައްދުގެ ގައުމީ އިދާރާ އިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީއަށް އެދުމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާ މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނު 6:30 ހާކަންހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން ޝިޕް ޣާޒީ އިން ކަމަށެވެ. އަދި މިހާރު އޭނާ ވަނީ އެމްއެންޑީއެފް މެޑިކަލް ސަވިސްގެ އެހީތެރިކަމާ އެކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށް ފަށާފައި ކަމަށެވެ.