ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ ޝަރީއަތް ފަށައިިފި އެވެ.

ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކޮށްފައި ވަނީ ފިރިހެން ފުލުސް ސާޖަންޓަކަށެވެ.

ފުލުހުން ބުނީ އެ ސާޖަންޓް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2018 ވަނަ އަހަރު އޮކްޓޯބަރު މަހު ކަމަށާއި އެހެން ނަމަވެސް އެ މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.

ނަމަވެސް އެ މައްސަލަ އޮބިގެން ނުގޮސް އުޅެނިކޮށް ހަމަ އެ ސާޖަންޓް އެހެން ކުޑަކުއްޖަކާއެކީ ބަދުއަހުލާގީ ގުޅުން ހިންގި ކަމުގެ މައްސަލަ މިދިޔަ އަހަރު މާޗު މަހުގެ ހުށަހެޅި އެވެ. ނަމަވެެސް އޭރު ފުލުސް މީހާ މިހާރު ހުރީ ނޯޕޭ ލީވެއް ނަގައިގެން ސްރީލަންކާގަ އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ސަން" އަށް ވިދާޅުވީ އޭނާގެ މައްސަލަ ކޯޓުގައި މިހާރު ކުރިއަށްދާ ކަމަށާއި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.