30 Nov 2011, 21:19
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޑިސެމްބަރު 2 އިން 11 އަށް އޮންނަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތައް ސަން މީޑިޔާ ގްރޫޕްގެ (އެސްއެމްޖީ) ސަން އޮންލައިނާއި ރޭޑިއޯ ޗެނަލް ސަން އެފްއެމުންއިން ވަގުތުން ގެނެސް ދިނުމުގެ ރައިޓްސް މުބާރާތުގެ އިންތިޒާމުތައް ބަލައްޓާ ސިންގަޕޫރުގެ ވޯލްޑް ސްޕޯޓް ގްރޫޕް (ޑަބްލިއެސްޖީ) އިން ދީފި އެވެ.
ޑަބްލިއެސްޖީން އެސްއެމްޖިއަށް ދީފައިވާ ރައިޓްގެ ދަށުން މުބާރާތުގަައި ރާއްޖެ ކުޅޭ މެޗުތައް ސަން އޮންލައިންގެ ވެބްކާސްޓް ކުރާއިރު ވީޑިއޯ ލައިވް ސްޓީރީމް ވެސް ކުރާނެ އެވެ. އަދި ރާއްޖެ ކުޅޭ މެޗުތައް ސަންއެފްއެމުން ވަގުތުން ގެނެސްދޭނެ އެވެ.
ޑަބްލިއެސްޖީން ދިން ރައިޓްސްއާއެކު ސަން އޮންލައިނާއި ސަން އެފްއެމުން ރާއްޖޭގެ މެޗްތަކުގެ ވަގުތުން ގެނެސްދޭއިރު ނިއުދިއްލީގައި ވެސް ސަން އޮންލައިނާއި ސަން އެފްއެމްގެ ނޫސްވެރިން ހަރަކާތްތެރިވާނެ އެވެ. އަދި މާލޭގައި މުބާރާތުގެ ކަވަރޭޖް ކުރިޔަށް ގެންދިއުމަށް ތަޖުރިބާކާރު އެނަލިސްޓުންގެ ޓީމެއް ވެސް ހަރަކާތްތެރިވާނެ އެވެ.