އޮސްޓްރޭލިއާގައި ދިރިއުޅޭ 10،000 އަށް ވުރެ ގިނަ ޖަމަލު މަރާލަން ނިންމައިފި އެވެ.

އޮސްޓްރޭލިއާގައި ފެނަށް ޖެހިފަިއވާ ދެކުނު ސަރަހައްދުގައި ދިރިއުޅޭ އެ ޖަމަލުތައް މަރާލަން ނިންމީ އެ ޖަމަލުތައް މާގިނައިން ފެންބޮއިހަދާތީ އެވެ. އެ ޖަމަލުތައް މަރާލަން ހެލިކޮޕްޓަރުގައި ޕްރޮފެޝަނަލް ޝޫޓަރުން ހަރަކާތްތެރިވާނެ އެވެ.

ޖަމަލު ދިރިއުޅޭ އެބޯރިޖިނަލް ސަރަހައްދުގެ މީހުން ބުނީ އެ ޖަމަލުތައް އަބަދުހެން ގޭގެއަށް އައިސް ފެންހޯދަން މަސައްކަތް ކުރާކަމަށާއި އަދި ގޭގެ ފެންސްތައްވެސް ހަވާލުކުރާ ކަަމަށެވެ. އޭގެ ސަބަބުން އިންފްރާސްޓަރަކްޗާއަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ،

އޭގެ އިތުރުން ޖަމަލުތައް ފެން ނުލިބި އެ އެއްޗެތި މަރުވެ އެ ސަރަހައްދުގެ ފެން ތަޣައްޔަރުވާގޮތް ދަނީ ވަމުންނެވެ.

އޮސްޓްރޭލިއާއަށް ޖަމަލު ގެނައީ އިންޑިއާ އަދި އަފްގާނިސްތާނުން 19 ވަނަ ގަރުނުގެ ތެރޭގައެވެ. މިހާރު އޮސްޓްރޭލިއާގައި ދިރިއުޅޭ ޖަމަލުގެ އަދަދު މިލިއަނަކަަށްވުރެ ގިނައެވެ.

އޮސްޓްރޭލިއާގެ އެންވާރަމަންޓް އެންޑް ވޯޓާ ޑީޕާޓްމަންޓްއިން ބުނީ ޖަމަލުތައް މަދުކުރުަން ހިންގާ ހަަރަކާތް ފަސް ދުވަސްވަރު ކުރިއަށް ދާނެ ކަމަށެވެ. އެގޮތަށް މަރާލާ ޖަމަލުގެ ހަށިގަނޑު ފުރަތަމަ ބާއްވާނީ ހިކެން ކަަމަށާއި އަދި އޭގެ ފަހުން އަންދާލައި އަދި ވަޅުލާނެއެވެ.

ޖަމަލަކީ އޯޒޮން ފަށަަލައަށް ގެއްލުންދޭ މީތޭން ގޭސް ވަރަށް ގިނައަދަދަކަށް ދޫކުރާ ޖަނަވާރެއްވެސް މެއެވެ. އެގޮތުން އެއް ޓަނުގެ ކާބަންޑާއޮކްސައިޑާއެއްވަރަށް މީތޭން ގޭސް ޖައްވަށް އަހަރަކު ދޫކުރެއެވެ.

ގިނަ އަދަދެއްގެ ޖަމަލުތައް މަރާލަން ނިންމިއިރު އޮސްޓްރޭލިއާގައި ދާދި ފަހުން ފެތުރުނު ވަރުގަދަ އަލިފާންގަނޑުގައި ބައި ބިލިއެނެއްހާ ޖަނަވާރުން މަރުވިކަމަށް ވަނީ އަންދާޒާކުރެވިފައެވެ. -- އިންޑިޕެންޑެންޓް ޔޫކޭ