08 Jan 2020, 09:14
ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ޕަންގާ" ޓައިޓަލް ލަވަ އާންމުކޮށްފި އެވެ.
ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ޕަންގާގެ ޓައިޓަލް ލަވަ އާންމުކުރީ އިއްޔެ އެވެ. ހަރްޝްދީޕް ކޯރް، ދިވްޔާ ކުމާރު އަދި ސިދާތް މަހެދޭވަންގެ ހިތްގައިމު އަޑުން މިލަވަ އިވިގެންދިޔައިރު ލަވަ ކޮމްޕޯސްކުރީ ޝަންކަރު އިހްސާނެވެ.
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ މަންމަ އަކު އޭނާގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ތަނެވެ.
ޕަންގާ" އަކީ އިންޓަނޭޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ. އަދި އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ "ޕަންގާ" އިން ކިޔައިދޭނެ އެވެ.
ކަންގަނާގެ އިތުރުން އެ ފިލްމު ދެން ފެންނާނީ ރިޗާ ޗައްޑާ، ޕަންކަޖް ތުރިޕަތީ، ނީނާ ގުޕްތާ އަދި ޖައްސީ ގިލް ފަދަ ތަރިންނެވެ.