08 Jan 2020, 11:34
ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ފިލްމުގެ ފުރަތަމަ ބައިން ފެނުނީ ސިދާތް މަލްހަތްރާއެވެ. ނަމަވެސް ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔާ ރޯއީ ކަޕޫރު ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.
ބޮލީވުޑް ހަންގާމާއިން ބުނާގޮތުގައި އެ ދެތަރިންނަށް ފިލްމު މިހާރު ހުށައަޅާފައިވާ ކަމަށެވެ. ފިލްމުގެ ދެ ފިރިހެން ލީޑު އާންމުވި ނަމަވެސް އަންހެން ލީޑުން ފެނިގެންދާނީ ކޮން ބަތަލާއެއްކަމެއް އެނގިފައެއްނުވެ އެވެ.
މި ފިލްމަކީ އޭކް ވިލަންގެ ސީކުއަލެއް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް އަހަރުގެ މެދުތެރޭ ފެށުމަށް ވަނީ ނިންމައިފަ އެވެ.
"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.