07 Jan 2020, 09:08
ބޮލީވުޑްގެ ބަތަލާ ދިޝާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު މަލަންގްގެ ޓްރެއިލާ އާންމުކޮށްފި އެވެ.
އިއްޔެ އާންމުކުރި ޓްރެއިލާ ގިނަ ބަޔަކު ބެލިއިރު އެ ޓްރެއިލާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ރޭގެ ނިޔަލަށް އެ ޓްރެއިލާ އަށް ވަނީ 10 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.
ވަރުގަދަ އެކްޝަން ތަކެއް ހިމެނޭ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރެވެ. މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެ އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ބޮކްސް އޮފީހުގައި ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެ ފިލްމު ޑައިރެކްޓްކުރީ މޯހިތު ސުރީއެވެ. އޭނާ އަކީ އޭކް ވިލަން އާއި އާޝިގީ 2 ވެސް ޑައިރެކްޓްކުރި ޑައިރެކްޓަރެވެ.