07 Jan 2020, 09:11
ތެލެގޫ ފިލްމެއްގެ ހިންދީ ރީމޭކެއް ބޮލީވުޑްގެ ބަތަލު ސިދާތް މަލްހަތްރާ އަށް ލިބިއްޖެ އެވެ.
އެ ފިލްމުގެ ހިންދީ ރީމޭކަށް ސިދާތް ސޮއިކޮށްފައިވާ ކަމަށާއި އެ ފިލްމު އޮތީ މިހާރު ސްކްރިޕްޓްގެ މަރުހަލާގައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެ ފިލްމަކީ ކޮން ތެލުގޫ ފިލްމެއް ކަން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ފިލްމުގައި އެކްޝަން ރޯލަކުން ސިދާތް ފެނިގެންދާއިރު ސިދާތާއެކު ފެނިގެންދާ ބަތަލާ އަކީ ކޮން ތަރިއެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. ހަބަރުތައް ބުނާގޮތުގައި އެ ފިލްމު ސްކްރީނުތަކަށް އަންނާނީ އަހަރުގެ ފަހުކޮޅެވެ.
މި ފިލްމަކީ ޝާހިދު ކަޕޫރުގެ "ޖާޒީ" ވެސް ޕްރޮޑިއުސްކުރާ ދިލް ރާޖޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ސިދާތަކީ 2012 ވަނަ އަހަރު ކަރަން ޖޯހަރު ބޮލީވުޑަށް ނެރެދިން ތަރިއެކެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ވަރުން ދަވަން އާ އާލިއާ ބަޓް އާއެކު ސްޓޫޑަންޓް އޮފް ދަ އިޔާ އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މަރްޖާވާ އިންނެވެ.