ގދ. ގައްދޫގައި އޮތް ކައިވެނި ޕާޓީއަކަށް މީހުން ގޮވައިގެން އެ އަތޮޅު ތިނަދޫ އިން ފުރައިގެން ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އިންޖީނު ހުއްޓުނު އެ ދޯނީގައި 30 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

ދޯނީގެ އިންޖީނު ހުއްޓިފައި ވަނީ ތިނަދޫ އިން ފުރައިގެން ދަނިކޮށް، އެ އަތޮޅު ހައޮޑިގަލާ ކައިރިންނެވެ.

މިއަދު ހެނދުނު ހިނގި ހާދިސާގެ ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު 10:30 އެހާކަންހާއިރު ސީ އެމްބިއުލާންސްގައި އެމީހުން ވަނީ ތިނަދޫއަށް ގެންގޮސްފަ އެވެ.