06 Jan 2020, 09:48
ކ. ކުޑަވިލިނގިލި ކައިރީ އަޅާފައި އޮއްވާ އަލިފާން ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ޔޮޓް އަޑިއަށް ދިޔައީ މިއަދު ހެނދުނު 9:32 ހާއިރު ކަމަށެވެ.

ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވެފައި -- ފޮޓޯ: އެމްއެންޑީއެފް
އޮސްޓްރޭލިއާ އަށް ނިސްބަތްވާ އެ ޔޮޓްގައި އަލިފާން ރޯވި އިރު އޭގައި ތިން މީހަކު ތިއްބެވެ.
އެ ތިން މީހުންނަށް މާ ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް އެ މީހުންނަށް ފަރުވާ ދިނުމަށް ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އެމްއެންޑީއެފް އިން ބުނީ ޔޮޓު ގައި ރޯވުމުން އޭގައި ތިބި ތިން މީހުން އެ ސަރަހައްދުގައި އޮތް ސަފާރީ އަކަށް ނެގި ކަމަށެވެ.
'ވެރިޓާ" ނަމަކަށް ކިޔާ މިޔޮޓަކީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޔޮޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ރޯވި އިރު އޭގައި ތިބި ތިން މީހުންނަކީވެސް އޮސްޓްރޭލިއާ ތިން މީހުންނެވެ.