06 Jan 2020, 09:10
ހާދިކް މެހެތާ ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ރޫހީ އަފްޒާނާ ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.
ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖާންވީގެ އިތުރުން އެ ފިލްމުން ފެނިގެންދާނީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރްމާ އެވެ.
ހޮރޯ ޖޯންރާ އަށް ތައްޔާރުކުރާ އެ ފިލްމަށް އެންމެ ފުރަތަމަ ކީ "ރޫހީ އަފްޒާ"އެވެ. ނަމަވެސް އެ ފިލްމުގެ ނަން ވަނީ ދާދިފަހުން "ރޫހީ އަފްޒާނާ" އަށް ބަދަލުކޮށްފައެވެ.
މި ފިލްމަކީ ޖާންވީ، ރާޖްކުމާރާއި ވަރުން އާ އެކު ފެނިގެންދާ ފުރަތަމަ ފިލްމެވެ. ޖާންވީ ވަނީ ކަރަންގެ ގޯސްޓް ސޮޓޯރީސް ގައި ވެސް ފެނިގެން ގޮއްސައެވެ.