06 Jan 2020, 08:10
ޒުވާން ބިލިއަނަރު ކައިލީ ޖެނާ އޭނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައިފި އެވެ.
އާ އަހަރާ އެކު ކައިލީގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކުރި އިރު މިފަހަރު އޭނާ އިސްތަށިގަނޑުގައި ޖެއްސީ ރީނދޫކުލަ އެވެ. ކައިލީ އަބަދުވެސް ފާހަގަ ކުރެވެނީ އިސްތަށިގަނޑަށް އެކި ކުލަ ގެންނަ ސެލެބްރިޓީއެއްގެ ގޮތުގަ އެވެ.
ކައިލީ ވަނީ އިންސްޓަގްރާމަށް އޭނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކުރުމަށްފަހު ފޮޓޯ އެއް ލާފަ އެވެ. އޭނާ މި ގެނައި ބަދަލަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.
އުމުރުން 22 އަހަރުގެ ކައިލީ އަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ.