06 Jan 2020, 08:39
ބޮލީވުޑްގެ ބަތަލާ އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލަކަށް ނެށުންތެރިޔާ ނޯރާ ފަތެހީ ހަމަޖައްސައިފައިވާ ކަމަށް ހަބަރުތައް ފެތުރިއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެ ރޯލު ކުޅެން ކުރިން އެއްބަސްވީ ޕަރިނީތީ ޗޯޕްރާ ކަމަށާއި ނަމަވެސް އޭނާގެ މަސައްކަތްތައް ބުރަ ކަމުން އެ ރޯލު މިހާރު ދޫކޮށްލާފައިވާކަމަށެވެ. އޭނާ އެ ރޯލު ދޫކޮށްލުމުން ނޯރާ އަށް ރޯލު ހަމަޖެއްސީ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިންތަކުގައި ނޯރާ މިހާރު ބައިވެރިވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ފިލްމަކީ 1971 ގައި އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ދުވަސްވަރުގެ ހާދިސާ އަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އަޖޭގެ އިތުރުން ފިލްމުގެ ކާސްޓުންނަކީ ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު އާއި ރާނާ ދަގުބަތީ އެވެ.