އަންނަ ހުކުރު ދުވަހު އިންޑިޔާގެ ވެރިރަށް ދިއްލީގައި ފަށާ ސަރަހައްދީ ފުޓްބޯޅަ އީދު، ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖް ގެނެސްދިނުމަށް ސަން މީޑިއާ ގްރޫޕް (އެސްއެމްޖީ) ނޫސްވެރިން އިންޑިޔާއަށް ފުރައިފި އެވެ.

އެސްއެމްޖީގެ ސަން އޮންލައިން އާއި ސަންއެފްއެމް އިން ގެނެސްދޭ ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖްގައި ހަބަރާއި ރިޕޯޓްތަކާއި ފޮޓޯ އާއި ވީޑިއޯ ދިއްލީގެ ނެހުރޫ ސްޓޭޑިއްމުން ގެނެސްދިނުމަށް އިންޑިއާއަށް މިއަދު ދަތުރުކުރި ޓީމުގައި ހިމެނީ ސަން އޮންލައިންގެ ސްޕޯޓްސް ޖާނަލިސްޓް މުހައްދު ޝާން އާއި ސަން އެފްއެމްގެ ސްޓޭޝަން މެނޭޖަރު އަދި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އަލީ ޝިމްރީ އާއި ފޮޓޯ ޖާނަލިސްޓެކެވެ.

ސަން މީޑިއާ ގްރޫޕްގެ މިޓީމް ދިއްލީގައި ހަރަކާތްތެރިވާއިރު މާލޭގައި މުބާރާތުގެ ކަވަރޭޖެ ގެނެސް ދިނުމަށް ސަން އޮންލައިން އަދި ސަން އެފްއެމްގެ ކުޅިވަރު ނޫސްވެރިޔާ އަހުމަދު ސާއިދާއި އިސްމާއިލް ޒަރިޔަންދު ހަރަކާތްތެރިވާނެ އެވެ. އަދި އޭނާއާއެކު އެނަލިސްޓުންގެ ގޮތުގައި ކުރީގެ ކުޅުންތެރިޔާ އަދި ފުޓްބޯޅަ ކޯޗް އަލީ ސުޒޭނާއި ކުރީގެ ގޯލް ކީޕަރު އަހުމަޖުތަބާ (ފެސްކޯ) އަދި އިބްރާހިމް ރަޝީދު (ސަތޯ) ހަރަކާތްތެރިވާނެ އެވެ.

މުބާރާތުގެ ކަވަރޭޖް ވީއެންމެ ރަނގަޅަކަށް ގެނެސް ދިނުމަށް ސަން އޮންލައިނާއި ސަން އެފްއެމް އިން މަސައްކަތް ކުރާނެ އެވެ.