އެމްޑަބްލިއުއެސްސީން 10 ކޮމްޕިއުޓާ ސިސްޓަމް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމްޕިއޮޓާ ސިސްޓަމްތަކާ ހަވާލުވެލެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

އެމްޑަބްލައިއުއެސްސީން ބުނީ މިއީ އެ ކުންފުނިން ހިންގާ ސީއެސްއާރު ޕްރޮޖެކްޓްއެއްގެ ދަށުން ހަދިޔާ ކުރި ކޮމްޕިއުޓާ ސިސްޓަމްތަކެއް ކަމަށެވެ. އަދި މިއީ ސްކޫލްތަކުގައި ހަމަހަމަ ވަސީލަތްތަކެއް ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާ ކުރި ކޮމްޕިއުޓާ ސިސްޓަމްތަކެއް ކަަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސިސްޓަމްތައް މިއަހަރު ރާއްޖޭގެ އެކި ސްކޫލްތަކަށް ހަދިޔާ ކުރުމަށް މިހާރު ނިންމާއިފައިވާ ކަމަށެވެ.

މިއަހަރުގެ ސްކޫލްތަކުގެ ދިރާސީ އަހަރު ފެށޭނީ މިމަހު 12 ވަނަ ދުވަހުއެވެ.

ކޮމްޕިއުޓާ ސިސްޓަމް ހަދިޔާ ކުރި އެމްޑަބްލިއުއެސްސީން ދަނީ ގިނަ ސީއެސްއާރު ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ކުންފުނިން ދާދި ފަހުން މާލޭގެ މަސްވެރިންގެ ޕާކް ސަރަަހައްދުގައި ގާއިމްކުރި ޓާމިނަލް ކްރޫސް ފާހަގަކޮށްލެވެއެވެ.