ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ގެ އާ ލަވައެއް ރިލީޒްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އާ ލަވަ ނެރުނު އިރު އެ ލަވައަކީ "ޔަމީ"އެވެ. އެ ލަވައިގެ ލިރިކްސް ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖަސްޓިންގެ އާ ލަވަ ޔަމީ ޑެޑިކޭޓްކޮށްފައިވަނީ އޭނާގެ އަންހެނުން ހެއިލީ ބޯލްޑްވިން އަށެވެ. އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އެ ލަވަ ވަނީ ހަ މިލިއަނަށްވުރެ ގިނަ މީހުން ބަލާފަ އެވެ.

ދާދިފަހުން ޖަސްޓިންގެ އަންހެނުން ހެއިލީ ބަނޑުބޮޑުވި ވާހަކަ ވެސް ވަރަށް ބާރަށް މީޑިއާތަކުގައި ފެތުރުނެވެ. ނަމަވެސް އެކަމާ މެދު ހެއިލީ ބުނީ އެ ވާހަކައަކީ ދޮގުވާހަކައެއް ކަމަށާއި އޭނާ އަދި ބަނޑުބޮޑުނޫން ކަމަށެވެ.