ޕޮޕް ލަވައިގެ ރާނީ މެޑޯނާ 61، އޭނާގެ 25 އަހަރުގެ ޒުވާން ލޯބިވެރިޔާ އަހްލާމާލިކް ވިލިއަމް އާއެކު އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މެޑޯނާ ވަނީ އޭނާގެ ޗުއްޓީ ހޭދަކުރުމުގެ ފޮޓޯ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

މެޑޯނާ ރާއްޖޭގައި --

ލައިސްލާބޮނީތާ ފަދަ މަގުބޫލު ލަވަތައް ކިޔާފައިވާ ފަންނާނު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ.

އޭނާ ޗުއްޓީ އަށް ރާއްޖެ އައިސްފައިވަނީ އޭނާގެ ދަރިންވެސް ގޮވައިގެންނެވެ.

މެޑޯނާ އޭނާ އަށްވުރެ 36 އަހަރު ހަގު ޒުވާން ލޯބިވެރިއެއް ހޯދި ހަބަރު މީޑިއާ އަށް ތިލަވީ މިދިޔަ މަހުއެވެ. އެދެމީހުންގެ ގުޅުން ސީރިއަސް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަވާރަސަތޭކަ ހަތްދިހަ ނުވަޔަކުން ފެށިގެން ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މެޑޯނާގެ ހަ ދަރިން ތިބޭއިރު އޭނާ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ޝޯން ޕެންއާ އެވެ. ދެން އޭނާ ކައިވެނިކުރީ ޑައިރެކްޓަރު ގައި ރިޗީއާ އެވެ.