އުުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އުތުުރުގެ ރަށަކުން 37 އަހަރުގެ ދިވެހި ފިރިހެނެއް 18 އަހަރު ނުފުރޭ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުުރިކަމުގެ މައްސަލައެއް ހުށަހެޅި ކަމަށެެވެ.

އެ މައްސަލައިގައި ބަލަންޖެހޭ ކަންތައްތަކެއް މިހާރު ބަލަމުންދާ ކަމަށާއި އަދި މީހަކު މިހާތަނަށް ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދާދި ފަހުން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.