03 Jan 2020, 17:52
ހިލާލީ މަގުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާފަންނު، ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުމެއް ހިންގާ ކަމަށް ފުލުހުންގެ ސީސީޓީވީ ކެމެރާ އަކުން ފާހަގަ ކުރެވިގެން އެތަނަށް ފުލުހުން ގޮސްފައިވާ ކަމަށެވެ.
ފުލުހުން އެ ސަރަހަށްދަށް ގޮސް ބެލިއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަން ފުލުހުންނަށް ފާހަގަ ވެފައިވަނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާ ގައި އަނިޔާވީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ އަރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.