29 Nov 2011, 16:34
އައްޑޫސިޓީގެ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދާއި ހަންކެޑެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ދެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރުން ތައްޔާރުކޮށްފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މި ކަރުދާސް، އެމިނިސްޓްރީން ހުށަހެޅުއްވީ، މި ދެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ދެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުއްވުމަށް، އައްޑޫސިޓީ ކައުންސިލުން ޤަރާރެއް ފާސްކުރައްވައި އެ މިނިސްޓްރީއަށް ފޮނުއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ހަންކެޑެ، ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރުމަށް ހަމަޖެއްސުމާ ގުޅިގެން، ސިންގަޕޯރު ކްރެސެންޑާސް ގްރޫޕްގެ ފަރާތުން އެމަސައްކަތް ގެންދަނީ ކުރަމުންނެވެ.