04 Jan 2020, 09:39
ބޮލީވުޑްގެ ބަތަލާ ދިޝާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު މަލަންގްގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
މަލަންގްގެ ޕޯސްޓަރުގައި ދިޝާ ފެނިގެންދާ ގޮތް ދައްކާލާފައިވާއިރު ފިލްމުގެ ފިރިހެން ލީޑު ރޯލުން ފެނިގެންދާ ބަތަލު ރޯއީ ކަޕޫރު ހިމެނޭ ޕޯސްޓަރެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެ އެވެ.
ފިލްމުގެ ޕޯސްޓަރު އާންމުކުރި އިރު ފިލްމު ރިލީޒްކުރާ ތާރީހު ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.