03 Jan 2020, 16:14
އެމެރިކާއިން މިއަދު އަވަހާރަކޮށްލި އިރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރާއެކު އޭނާގެ އުފަންރަށް ކިރްމަންގެ އޭނާގެ ބައްޕަގެ ގޭދޮށަށް އެތައް ސަތޭކަ ބަޔަކު ކަޅު ހެދުމުގައި ޖަމާވެއްޖެއެވެ.
އެ ސަރަހައްދަށް އެއްވި މީހުން ވަނީ ރޮއި ހިތާމަ ފާޅުކޮށް ގުރުއާނުގެ އާޔަތްތަައް ކިޔަވައި ހަދަމުންނެވެ.
" ބަތަލުން ދުވަހަކުވެސް މަރެއް ނުވާނެ. ސުލައިމާނީ އަބަދުވެސް ދިރިހުންނާނެ" ސަރަހައްދަށް އެއްވި ހައި ސްކޫލް ޓީޗަރެއް ކަމަށްވާ މުހައްމަދު ރިޒާ ސިރާޖް ބުންޏެވެ.

އިރާނިއަން ސްޕެޝަލް ފޯސާސްގެ ކޮމާންޑަރު ގާސިމް ސުލަައިމާނީ ސީރިއާގައި ހަރަކާތްތެރިވަނީ. ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވި އައިސިސް ފަދަ ގްރޫޕްތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް ގާސިމް ވަނީ އަދާކުރައްވައިފައި--
ފަގީރު ދަނޑުވެރި އާއިލާއަކަސް އުފަންވެ ވަޑައިގެންނެވީ ސުލައިމާނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ހިދުމަތާ ގުޅުނީ އެގައުމަށް 1979 އަހަރު އައި އިސްލާމީ އިންގިލާބަށް ފަހުއެވެ. އޭނާ ވަނީ އިރާގާ އިރާނާ ދެމެދު 1980ގެ އަހަރުތަކުގައި ކުރި ހަނގުރާމައިގައިވެސް އޭނާގެ ކުޅަދާނަކަން ސާބިތުކޮށްދެއްވައިފައެވެ.
ގާސިމް ސުލައިމާނީއަކީ ތަޖުރިބާގެ ގޮތުން ވެސް އީރާނުގެ އެންމެ ކުޅަދާނަ ކޮމާންޑަރެވެ. އޭނާ ފާހަހަކޮށްލެވިފައިވަނީ ވަރަށް ޖެހިލުންކުޑަ ކޮމާންޑަރެއްގެ ގޮތުގަ އެވެ. އިސްރާއިލްއާ ލުބްނާނާ 2006 ވަނަ އަހަރު ކުރި ވަރުގަދަ ހަނގުރާމައިގެ ތެރޭވެސް ސިއްރިޔާތުގައި ލުބްނާނަށް ވަޑައިގެން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲއަށް އިރުޝާދު ދިނުމުގައި އަމަލީގޮތުން ބައިވެރިވި އެވެ. އޭގެ އިތުރުން، ސީރިއާއިން ހައްދުު ފަހަނައެޅި އައިއެސްއާއި އެހެނިހެން ޓެރެރިސްޓު ގްރޫޕްތަަކާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމުކުރިއިރު ސީރިއާއަށްވެސް ވަޑައިގެން އުޅުއްވި އެވެ.
އިރާގުން އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ ޖަމާއަތް ބަލިކޮށްލެއްވުމުގެ އެންމެ އިސް މޭސްތެރިއެއްގެ ގޮތުގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
އީރާނުގެ މީޑިއާތަކުން ބުނީ ސުލައިމާނީ އަވަހާރަކޮށްލުމަކީ އީރާނުގެ ރައީސް އަވަހާރަކޮށްލުން ފަދަ ކަމެއް ކަމަށެވެ. އިރާނުގެ ސަރުކާރުން ވަނީ އެ ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރުވެސް ދީފަ އެވެ.
ގާސިމް އަވާހާރަކޮށްލައިފައިވަނީ އިރާގުގެ ބަހުދާދަށް ވަޑައިގެން އެ ސިޓީގެ މައި އެއާޕޯޓުން ކާރެއްގައި ނުކުންނަވަނިކޮށް، އެ ކާރަށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގަ އެވެ. އެހަމަލާގައި އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރި ގްރޫޕް އަޝްް އަލް ޝާބީގެ ކޮމާންޑަރު އަބޫ މަހުދީ އަލް މުހަންދިސްވެސް ވަނީ އަވަހާރަވެފަ އެވެ.