ނިމިގެން ދިޔަ އަހަރު 1003 ކަމެއްގައި ދައުލަތަށް ގާނޫނީ ލަފާ ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ ނިމިގެން ދިޔަ އަހަރު 1082 ކަމެއްގައި ދައުލަތުން ގާނޫނީ ލަފާއަށް އެދުނު ކަމަށެވެ. އޭގެ ތެރެއިން ލަފާދީފައި ވަނީ 1082 ކަމަކަށް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ލަފާދީން ކަންތައްތަކުގެ ހުލާސާ

  • ބިލު ތަސްދީގު ކުރުމާ ގުޅޭ 27

  • އެއްބަސްވުންތަކާ ގުޅޭ 354
  • ގަވައިދުތަކާ ގުޅޭ 103
  • އުސޫލުތަކާ ގުޅޭ 52
  • މުއާހަދާތަކާ ގުޅޭ 15
  • އެހެނިހެން 452

އާ ސަރުކާރު ހަވާލުވުމަށް ފަހު އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވަމުންގެންދަވަނީ އިބްރާހިމް ރިފްއަތެވެ.

އެމަނިކުފާނުގެ އޭޖީ ކަމުގައި، ވަނީ 50 ހެއްހާއާ ބިލެއްގެ ޑްރާފްޓް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުއްވައިފަ އެވެ. އޭގެ ތެރެއިން ވަރަށް މުހިންމު ބޮޑެތި ބިލްތަކެއް މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އަމަލުކުރަން ވެސް ވަނީ ފަށައިފަ އެވެ. އަދި ކޯޓުން ބޭރުން މައްސަލަތައް ހައްލު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އޭޖީ ވަނީ އަޅުއްވައިފަ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް އިތުބާރު އުފެއްދުމުގެ ގޮތުން ޔޫއެންޑީޕީގެ ކޮންސަލްޓަންޓެއްގެ އެހީގައި، ޝަރުއީ ދާއިރާގެ އިސްލާހީ ބަދަލުތަކާ ގުޅޭ ދިރާސާއެއް އެކުލަވާލާ އެ ލަފާތަކަށް އަމަލު ކުރަން ފަށައިފަ އެވެ.