03 Jan 2020, 13:17
މުޅި އެމެރިކާގައި އީ- ސިނގިރޭޓްގެ ބައެއް ފްލޭވާތައް މަނާކޮށްފިއެވެ.
މީގެ ކުރިން އެމެރިކާގެ ވަކި ވަކި ސްޓޭޓްތަކުގައިވެސް ވަނީ އެފަދަ އީ ސިނގިރޭޓްތައް މަނާކޮށްފައެވެ.
އީ ސިނގިރޭޓްގެ ބައެއް ފްލޭވާތައް މަނާކުރިއިރު ވޭޕްކުރާ ފުރާވަރުގެ ކުދިންގެ ސިއްހަތާމެދު ފަހަކަށް އައިސް ސިއްހީ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާއިން މަނާކުރީ މޭވާއާއި އަދި މިންޓް ފްލެވާ ހިމެނޭގޮތަށް ކާޓްރިޖް ލައްވާ ވައްތަރުގެ އީ ސިނގިރޭޓްތަކެވެެ.
އެހެން ނަަމަވެސް ކާޓްރިޖް ލައްވައިފައި ހުންނަ މެތަނޯލް އަދި ދުންފަތް އެކުލެވޭ އީ ސިނގިރޭޓް މަނައެއް ނުކުރެއެވެ.
އެމެރިކާގެ ސަރުކާރުން މިހާރުވަނީ މަނާކުރި ވައްތަރުގެ އީ ސިނގިރޭޓް 30 ދުވަސްތެރޭ އުފެއްދުން ހުއްޓާލައި އަދި ޑިސްޓްރިބިއުޓްކޮށް އަދި ވިއްކުން ހުއްޓާލުމަށް އަންގައިފައެވެ.
މީގެ ކުރިން ބްރެޒިލް އިންޑިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުންވެސް ވަނީ އި ސނގިރޭޓް މަނާކޮށްފައެވެ.
އެމެރިކާގެ ސިއްހީ އިދާރާތަކުން ބުނީ ވޭޕިންއާ ގުޅޭ އެކިއެކި ސިއްހީ މައްސަލަތަކުގައި މިހާތަނަށް 55 މީހުން މަރުވެ އަދި 2500 މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބި ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަަމަށެވެ.