03 Jan 2020, 11:30
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު (ޔަޝް) ލިބުނު ދެވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
ޔަޝް އަށް ލިބުނު ފިރިހެން ދަރިފުޅުގެ ފޮޓޯ އާންމުކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ކުރީގެ އެކްޓަރެސް ރާދިކާ ޕަންޑިތު އާ ކައިވެނިކޮށް އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވިހެއީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. ފުރަތަމަ ދަރިފުޅަށް އަހަރު ނުވަނީސް އެމަފިރިން މިވަނީ އެހެން ދަރިއަކު ހޯދައިފަ އެވެ. އެދެމަފިރިންގެ ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖެކެވެ.
ޔަޝް އާއި ރާދިކާ އާ ކައިވެނިކޮށްފައި 2016 ވަނަ އަހަރެވެ. އެއީ ހަ އަހަރު ދުވަހު ލޯބީގެ ގޮތުން އުޅެފަ އެވެ.