03 Jan 2020, 11:33
ރޯހިތު ޝެޓީ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ސޫރިޔަންވަންޝީ"ގައި ބަތަލާ ކެޓްރީނާ ކެއިފް ފެނިގެންދާނީ ޑަކްޓަރެއްގެ ރޯލުން ކަމަށް ހަބަރުތައް ބުނެފިއެވެ.
ރޯހިތު ބުނީ މި ފިލްމަކީ ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ފިލްމެއް ކަމަށާއި ކެޓްރީނާ ފަދަ ބަތަލާއެއް ޑަކްޓަރެއްގެ ރޯލުން ފެނިގެންދިޔުމަކީ ވެސް ބޮޑު ތަފާތެއް ކަމަށެވެ. ކެޓްރީނާ އަކީ މި ފިލްމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ތަރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.
ރޯހިތު ބުނީ އެ ފިލްމަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް އޭނާ ޕްރޮޑިއުސްކޮށް އުފައްދާ ފިލްމެއް ކަމަށެވެ. މި ފިލްމުވެގެންދާނީ ރޯހިތު އާ ކެޓްރީނާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.
"ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާނީ މާޗް 27 ގަ އެވެ.