02 Jan 2020, 13:53
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސާރާ އަލީ ހާން އަދި އޭނާގެ ކޮއްކޮ އިބްރާހީމް އަލީ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.
މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ ދަރިން ކަމަށްވާ ސާރާ އާއި އިބްރާހީމް ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަކުރުމަށެވެ.
ދެމީހުންގެ ޗުއްޓީގެ ވާހަކަ ސާރާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ދެބެން ޗުއްޓީ ހޭދަކުރަމުން ދަނީ ލަކްސް ނޯތު މާލޭ އެޓޯލް ގައެވެ.
ރާއްޖެ ޗުއްޓީ ހޭދަކުރުމަށް އަންނަ ބޮލީވުޑްގެ ފަންނާނުން ފަދައިން ސާރާ ވެސް ވަނީ މަގުބޫލު ފްލޯޓިން ނާސްތާއެއް ނަގާފައެވެ.
ދެބެން އިއްޔެ ރާއްޖެ އައިސްފައިވާއިރު ރިސޯޓުގެ ޕޫލުތަކުގައި މަޖާކުރާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.