02 Jan 2020, 15:13
ނެޓްފްލިކްސް އިން މިދިޔަ އަހަރު ނެރުނު އެންމެ ވަރުގަދަ އާ ޝޯ ކަމަށްވާ "ދަ ވިޗާ" އަށް ކްރިޓީކުންގެ ފާޑުކިޔުން ލިބެމުން ދިޔަ ނަމަވެސް އާންމުންގެ މެދުގައި ދަނީ ލޯބި ލިބެމުންނެވެ. ވިޗާގެ ކެރެކްޓަރުންތައް ވެފައިވަނީ ބެލުންތެރިންގެ "ކްރަޝް"ތަކަކަށެވެ. އެހެންނަމަވެސް މިހާރު އެހެން ވާހަކަ އެވެ. ޝޯގައި ބޭނުންކުރާ ލަވައެއް މިހާރު ހުރިހާ އެންމެންގެ ބޮލުގައި ވަނީ ހަރުލައިފަ އެވެ.
ވިޗާގެ ކެރެކްޓަރެއް ކަމަށްވާ "ޖެސްކިއާ" އެ ޝޯގައި ކިޔާ ލަވައެއް ކަމަށްވާ "ޓޮސް އަ ކޮއިން ޓު ޔޯ ވިޗާ" ވަނީ މިހާރު ވައިރަލްވެފަ އެވެ.
ސޯންޔާ ބެލޫސޯވާ އާއި ޖިއޯނާ އޮސްޓިނެލީ ކޮމްޕޯސްކޮށްފައިވާ އެ ލަވަ، ބާޑް ޖެސްކިއާ ކިޔަނީ ޝޯގެ ދެވަނަ އެޕިސޯޑު ނިމޭކޮޅުގަ އެވެ.

ދެވަނަ އެޕިސޯޑުގައި ޖެސްކިއާ، ޓޮސް އަ ކޮއިން ޓު ޔޯ ވިޗާ ކިޔަނީ --- ފޮޓޯ : ނެޓްފްލިކްސް
"ޓޮސް އަ ކޮއިން ޓު ޔޯ ވިޗާ، އޯ ވޭލީ އޮފް ޕްލެންޓީ" ފަދަ ލިރިކްސް ހުރި އެ ލަވަ އެއްވެސް ފޭނެއްގެ ބޮލުން ނެއްޓޭ ވަރެއް ނުވި އެވެ.
އެ ލަވައަކީ ޝޯގެ ވިޗާ ކަމަށްވާ ގެރަލްޓް ރިވިއާ އަށް ތައުރީފުކޮށް ކިޔާ ލަވައެކެވެ.
އެ ލަވަ ކަމުގޮސްފައިވާ ވަރުން އެ ލަވައަށް އެކި ކަހަލަ ބަދަލުތައް ގެނެސްގެން ފޭނުން ބޭނުންކުރެ އެވެ. އެގޮތުން އެ ލަވައިގެ ރިމިކްސްތަކެއް ވެސް ވަނީ މިހާރު ގިނަ ބަޔަކު ހަދައިފަ އެވެ.
ޔޫޓިއުބްގައި ވެސް ގިނަ ބަޔަކު ވަނީ އެ ލަވަ އަޕްލޯޑުކޮށްފަ އެވެ. އަދި ކޮންމެ ވީޑިއޯއެއް އެތައް މިލިއަން ބަޔަކު ބަލާފައި ހުރުމަކީ އެލަވައަށް ލޯބި ވަރުގަދަ ކަމުގެ ހެއްކެކެވެ.