ޔޭ ހޭ މޮހޮއްބަތައިން އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި ކަރަން ޕަޓޭލްގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.

ކަރަންގެ އަންހެނުން އަންކިތާ ބަރްގަވާ ވިހެއީ މިިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ކަރަންގެ ދަރިފުޅަށް ނަން ކިޔާފައިވާއިރު އެ ދަރިފުޅަށް ކިޔަނީ މެހެރް އެވެ. އެދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

މީގެ ކުރިން ވެސް އަންކިތާ ބަނޑުބޮޑު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެފަހަރު އޭނާގެ ބަނޑަށް ހަތަރުމަހު ދަރިފުޅު ވަނީ ބައިގެން ގޮއްސައެވެ.

ކަރަން އާއި އަންކިތާ ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.