02 Jan 2020, 10:03
ބޮލީވުޑްގެ ތަރި ސިދާތް މަލްހަތްރާ އާ ކިއާރާ އަދުވާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު ފެތުރެން ފަށައިފި އެވެ.
މިދިޔަ އަހަރު ފަހުކޮޅެއްހާ ހިސާބުން ފެށިގެން ވެސް މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވި ދުވަސްކޮޅަކަށް އެ ވާހަކަ މަޑުޖެހިފައި އޮތެވެ. ނަމަވެސް އެ ވާހަކަތައް އަނެއްކާ ވެސް ބާރަށް ދެކެވެން މި ފެށީ ދެ ތަރިން އެއް މަތިންދާބޯޓެއްގައި ދުބާއީ އަށް ފުރުމާ ގުޅިގެންނެވެ.
މީޑީއާތަކުގެ އިތުރުން އާންމުން ވެސް މި ވާހަކަ ފަތުރަމުން ދިޔަ ނަމަވެސް އެ ދެތަރިން ކުރެ އެއްވެސް ތަރިއެއް މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައި ނުވެ އެވެ.
ސިދާތު އާއި ކިއާރާގެ "ޝޭރްޝާހް"ގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު އެ ފިލްމަކީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ސިދާތު މި ފިލްމުގައި އަދާކުރަނީ އާމީ އޮފިސަރެއްގެ ރޯލެވެ.