01 Jan 2020, 15:34
އޮސްކާ އެވޯޑްސްތަކަކަށް ނޯމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މިޝެލް ވިލިއަމްސް އެންގޭޖު ވެއްޖެ އެވެ.
މިޝެލް ދާދި ފަހުން އެންގޭޖު ވެފައިވަނީ "ހެމިލްޓަން"ގެ ޑައިރެކްޓަރު ތޯމަސް ކައިލް އާއެވެ.
މިޝެލްގެ އާއިލާއާ ގާތް ފަރާތަކުން ބޭރުގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ދެމީހުން މިދިޔަ ހަފްތާގައި އެންގޭޖުވިއިރު މިޝެލް އިނީ ކައިލްގެ ދަރިއަކަށް ބަލިވެއެވެ.
މިޝެލް ފެނިގެން ގޮސްފައިވާ ޝޯއެއް ކަމަށްވަ ފޮސީ/ވާޑަންގެ ޑައިރެކްޓަރަކީ އޭނާ ކައިވެނިކުރަން ތައްޔާރުވެފައިވާ ކައިލް އެވެ. އެ ޝޯއިން މިޝެލް ވަނީ އެމީ އެވޯޑްސްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފައެވެ.
ގިނަ އޭ ލިސްޓު ތަރިންނާއެކު ފިލްމުތައް ކުޅެފައިވާ މިޝެލް އަށް ދާދި ފަހުން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ނެރުނު "ގްރޭޓަސްޓް ޝޯމޭން" އާއި 2018 ވަނަ އަހަރު ނެރުނު "ވެނަމް" އިންނެވެ.
މިޝެލް ވަނީ މިއުޒީޝަނެއް ކަމަށްވާ ފިލް އެލްވަރަމް އާ 2018 ވަނަ އަހަރު ކައިވެނިކޮށްފައެވެ. ނަމަވެސް އަހަރެއްވެސް ނުވަނީސް ދެމީހުން ވަނީ ވަރިވެފައެވެ.
މަޓިލްޑާ ނަމަކަށް ކިޔާ 14 އަހަރުގެ އަންހެން ދަރިއަކު މިޝެލްގެ ހުރެއެވެ. މަޓިލްޑާއަކީ މިޝެލް އާއި ހެތު ލެޖާއަށް ލިބިފައިވާ ދަރިއެކެވެ.