މިއަދު ހެނދުނު ވ. ފެލިދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު އޮޔާދަނިކޮށް ފުލުހުން އޭނާ ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ އޮޔާދަނިކޮށް ސަލާމަތްކޮށްފައި ވަނީ އިޓަލީއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

މިއަދު ހެނދުނު 11:40 ހާއިރު އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ އޭނާގެ އަންހެނުންނެވެ. ފުލުހުން ބުނީ އިޓަލީއަށް ނިސްބަތްވާ އެ އަންހެން މީހާ ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް އޭނާގެ ފިރިމީހާ އޮޔާދާކަމަށް ބުނެފައިވާ ކަމަށެވެ.

އެއާއެކު ފެލިދޫގައި މަސައްކަތް ކުރާ ފުލުހުން ވަނީ އެމީހާ ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.