ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރޭ މާފަންނު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިކަލެއްގައި މީހަކު ދަނިކޮށް ފެނިގެން ހުއްޓެން ބުނުމުން އޭނާ ނުހުއްޓި ފިލަން އުޅުނު ކަމަށެވެ.

"ފިލަން އުޅެނިކޮށް ސައިކަލްއާ އެކު މީހަކު ވަނީ ވެއްޓިފައި. ސައިކަލް ޓޯ ކުރުމަށް ފަހު 22 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރެވިފައިވޭ،" ފުލުހުންގެ ޓުވީޓުގައިވެ އެވެ.

ވަގަށް ނަގާފައިވާ ސައިކަލްތައް މިހާރު ވެސް ދޭތެރެ ދޭތެރެއިން ފުލުހުން ހޯދަަ އެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ އާ އަހަރާ ދިމާކޮށް ސައިކަލް ޕާކްކޮށްފައި ރަށުން ބޭރަށްދާ ނަމަ ސީސީޓީވީ ފޫޓޭޖް ސަރަހައްދުގައި ޕާކްކުރުމަށެވެ.