29 Nov 2011, 14:34
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށި ފަހުން ޖީއެސްޓީގެ ގޮތުގައި ރޭގެ ނިޔަލަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން އޮކްޓޯބަރު ދޭކުން ފެށިގެން ޖީއެސްޓީ ނަގަން ފެށިއިރު 500 އަށް ވުރެ ގިނަ ވިޔަފާރިއަކުން 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.
އޮކްޓޯބަރު މަހުގެ ޖީއެސްޓީ މީރާއަށް ދެއްކުމުގެ މުއްދަތު ވަނީ ރޭގެ ނިޔަލަށް ހަމަވެފަ އެވެ.
ޖީއެސްޓީގެ ބާވަތެއް ކަމައްވާ ރިސޯޓު ހޮޓާ ތަކުން ވިއްކާ ތަކެއްޗާއި ދޭހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ ފެބުރުއަރީ މަހު ނަގަން ފެށިފަހުން ޓޫރިޒަމްގެ ވިޔަފާރިކުރާ 700 ފަރާތަކުން ފަސް މިލިއަން ޑޮލަރު ވަނީ މީރާއަށް ދައްކާފަ އެވެ.