އަލްމުދިޝް 38 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ހަތަރު ވަނަ އަތޮޅު ބެޑްމިންޓަން ލީގު އިއްޔެ ނިމިއްޖެ އެވެ. މި ދެ މުބާރާތް ވެސް ކުރިއަށް ދިޔައީ 21 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ޑިވިސަން ކުރިއަށް ގޮސްފައި ވެއެވެ. އެގޮތުން ފުރަތަމަ ޑިވިސަން ގައި ފިރިހެން އަދި އަންހެން ސިންގަލްސް ބަޔާއި، މިކްސް ޑަބަލްސް ބައި ކުރި އަށް ދިޔައެވެ. ދެވަނަ ޑިވިސަން ގައި ކުރިއަށް ދިޔައީ ފިރިހެން ސިންގަލްސް ބަޔާއި، ފިރިހެން އަދި އަންހެން ޑަބަލްސް ބައިގެ އިތުރުން މިކްސް ޑަބަލްސް ބައެވެ. އަތޮޅު ލީގު ގައި ކުރިއަށް ދިޔައީ ފިރިހެން ސިންގަލްސް ބައި އަދި ފިރިހެން ޑަބަލްސް ބައެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިސަން ގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޖްފާން ރަޝީދު އެވެ. ރަނަރަޕް އަށް ނަޝީދު ޝަރަފުއްދީން ހޮވިފައިވާ އިރު، ތިންވަނަ މަގާމަށް ހޮވުނީ ހުސެން ރިފާޢު އާއި މުހައްމަދު ޝާރިމް އެވެ.

މިމުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ނަޝީއު ޝަރަފުއްދީން އާއި މުހައްމަދު ނަޝްފާން ގެ ޕެއާ އެވެ. ރަނަރްޕް އަށް މޫސާ ނާޝިދު އާއި މުހައްމަދު އަޖްފާން ރަޝީދު ހޮވުނު އިރު، ތިންވަނަ މަގާމަށް ހުވުނީ ހަސަން އަފްޝީން އާއި އަހްމަދު ރިޔާޒް ގެ ޕެއާ އަދި އިޝްފާން މުހައްމަދު އާއި އިބްރާހިމް ޝާމިއު ގެ ޕެއާ އެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ނީލާ އަހްމަދު ނަޖީބު އެވެ. ރަނަރަޕް އަށް އައިޝަތު އަފްނާން ރަޝީދު ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ރަޔާ ރަޝީދު އާއު އާމިނަތު ޝަހުރުނާޒް އެވެ.
މިމުބާރާތުގެ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އައިޝަތު އަފްނާން ރަޝީދު އާއި އައިޝަތު އިބްރާހިމް ގެ ޕެއާ އެވެ. ރަނަރަޕް އަށް ނީލާ އަހްމަދު ނަޖީބު އާއި ޝައިފާ ޝަކީބު ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ރަޔާ ރަޝީދު އާއި އާމިނަތު ޝަހުރުނާޒް ގެ ޕެއާ އެވެ.

މިމުބާރާތުގެ މިކްސް ޑަބަލްސް ބަޔަށް ބަލާއިރު، ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޖްފާން އާއި ނީލާ އަހްމަދު ނަޖީބު ގެ ޕެއާ އެވެ. ރަނަރަޕް އަށް ނަޝީއު ޝަރަފުއްދީން އާއި ޝައިފާ ޝަކީބް ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ހަސަން އަފްޝީން އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ އަދި ޔަޒާން ޒަކީ އާއި އާމިނަތު ޝަހުރުނާޒް ގެ ޕެއާ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިސަން ގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އާސިފް އާދަމް މަނިކު އެވެ. ރަނަރަޕް އަށް އިސްމާއިލް ޒުހުރީ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ މުހައްމަދު ސައީދު އާއި މަހުއްމަދު އައްފާން އެވެ.

ދެވަނަ ޑިވިސަންގެ ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ޒުހުރީ އާއި އިބްރާހިމް ތަސްލީމް ގެ ޕެއާ އެވެ. ރަނަރަޕް އަށް އާދަމް އަލީ އާއި އިބްރާހިމް ޝަރީފް ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ އަބްދުﷲ ޒަކަރިއްޔާ އާއި ހަސަން މުހައްމަދު ގެ ޕެއާ އަދި މުހައްމަދު އައްފާން އާއި އަހްމަދު އަދީމް ގެ ޕެއާ އެވެ.

ދެވަނަ ޑިވިސަންގެ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ރާބިއާ ނައީމް އާއި އައިޝަތު ޝަރީފް ގެ ޕެއާ އެވެ. ރަނަރަޕް އަށް ޝިޔާނަ އަހްމަދު އާއި މަރިޔަމް އިބްރާހިމް ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ މަރިޔަމް ފަޒީލާ އާއި ފާތުމަތު މޫސާ ދީދީ ގެ ޕެއާ އެވެ.
ދެވަނަ ޑިވިސަންގެ މިކްސް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ޒުހުރީ އާއި ރާބިއާ ނައީމް ގެ ޕެއާ އެވެ. ރަނަރަޕް އަށް އާދަމް އަލީ އާއި އައިޝަތު ނިހާމާ ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ހަސަން ނަސީމް އާއި އާމިނަތި އަލީ ގެ ޕެއާ އަދި އަލީ އަބްދުﷲ އާއި ޝިޔާނާ އަހްމަދު ގެ ޕެއާ އެވެ.

އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ރަޝީދު (ހދ.ނޮޅިވަރަމް) އެވެ. ރަނަރަޕް އަށް އަބްދުލް މަތީން އަހްމަދު (ބ.އޭދަފުށި) ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ހުސެން މުހައްމަދު (ބ.އޭދަފުށި) އާއި ސައުދުﷲ އިބްރާހިމް (ޏ.ފުއައްމުލަކު) އެވެ.

މި ލީގުގެ ފިރިހެން ޑަބަލްސް ބައިގެން ޗެމްޕިއަންކަން ހޯދީ މުހައްމަދު އިކްރާމް (ބ.އޭދަފުށި) އާއި އަބްދުލް މަތީން އަހްމަދު (ބ.އޭދަފުށި) ގެ ޕެއާ އެވެ. ރަނަރަޕް އަށް ސައުދުﷲ އިބްރާހިމް (ޏ.ފުއައްމުލަކު) އާއި އަހްމަދު އާސިމް (ޏ.ފުއައްމުލަކު) ގެ ޕެއާ ހޮވުނު އިރު، ތިންވަނަ މަގާމަށް ހޮވުނީ ޝާހިދު އަލީ (ހދ.ނޮޅިވަރަމް) އާއި އަހްމަދު އިމާން (ހދ.ނޮޅިވަރަމް) ގެ ޕެއާ އަދި މުހައްމަދު ޒަހީން (އއ.އުކުޅަސް) އާއި އަބްދުﷲ މިގުދާދް އަހްމަދު (އއ.އުކުޅަސް) ގެ ޕެއާ އެވެ.