21 Jun 2010, 10:00
14:30
ޕްރޮވިންސް ފެންވަރުގައި ސްކޫލްތަކުގެ ފެންވަރު ބެލުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ފާތުމަތު އައްޒަ މިއަދު ވިދާޅުވީ މިކަމުގެ ބޭނުމަކީ ސްކޫލްތައް ޕްރޮވިންޝަލް ލެވެލްގައި ސުޕަވައިޒް ކުރުމާއި އަދި އެ ސްކޫލެއްގެ ފެންވަރު އަމިއްލައަށް ވަޒަންކުރެވި، ތަރައްޤީވުމަށް ސްކޫލްތަކުން މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ މިކަމަށް ބޭނުންވާ ފަންނީ ތަމްރީން ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 27 ގައި މާލޭގައި ބާއްވާނެ ކަމަށާއި މި ބައްދަލުވުމުގައި އަތޮޅު ސްކޫލްތަކުން 52 މީހުން ބައިވެރިވާނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސްކޫލްތަކުގެ ލީޑިން ޓީޗަރުންނާއި ޕްރިންސިޕަލުން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.