31 Dec 2019, 12:08
ފެށޭ އާ އަހަރާ ދިމާކޮށް މިރޭ މާލޭގައި ހަވާ ނާރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އާ އަހަރު ފާހަގަ ކުރުމަށް ހަވާ އަރުވަން ރާވާފައިވަނީ ރިސޯޓުތަކުގައި ކަމަށެވެ.
"މިރޭ މާލޭ ސިޓީގައި ހަވާ ނާރުވާނެ. ހަވާ އެރުވުން ކުރިއަށް ގެންދާނީ 47 ރިސޯޓެއްގައި،" އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން އާ އަހަރެއްގެ ފެށުން ފާހަގަ ކުރުމަށް މާލޭގައި ހަވާ އެރުވުމަކީ ކުރި ކަމެއް ނަމަވެސް، މި ނިމޭ 2019 ވަނަ އަހަރުގެ ފެށުން ވެސް ފާހަގަ ކޮށްފައިވަނީ މާލޭގެ ބަދަލުގައި ރިސޯޓުތަކުގައި ހަވާ އަރުވައިގެންނެވެ.
އެގޮތުން މިއަހަރު 40 ރިސޯޓެއްގައި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.