ހޮލީވުޑްގެ ބޮޑެތި އޭލިސްޓު ތަރިންނާއެކު އުފައްދާފައިވާ މިއުޒިކަލް ފިލްމު ކަމަށްވާ "ކެޓްސް" މި އަހަރުގެ އެންމެ ބޮޑު ފްލޮޕަށްވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޖުމްލަ 115 މިލިއަން ޑޮލަރުގެ ބަޖެޓަކާ އެކު އުފައްދާފައިވާ ފިލްމު އަޅުވާފައިވަނީ މިމަހުގެ ކުރީކޮޅުގަ އެވެ. ނަމަވެސް މަސް ނިމެން ކައިރިވިއިރު ވެސް ބަޖެޓު ކަވަރު ވާ ވަރަށް ވެސް އެ ފިލްމަށް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.

އެގޮތުން އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 100 މިލިއަން ޑޮލަރެވެ. އެއީ އެމެރިކާއިން ލިބުނު 40 މިލިއަން ޑޮލަރާއި ބައިނަލްއަގުވާމީކޮށް ލިބުނު 60 މިލިއަން ޑޮލަރެވެ.

މިހާރު އިވެމުންދާ އަޑަކީ ކެޓްސް ފިލްމު 71 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފާނެ ވަހަކަ އެވެ. ނަމަވެސް އެ ފިލްމަށް އެހާބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ވާހަކައާ ގުޅޭ ގޮތުން އިތުރު ވާހަކަތަކެއް ދެކެވިފައެއް ނުވެ އެވެ.

މި އަހަރު ވަނީ ބޮޑެތި ފިލްމުތަކެއް ފްލޮޕްވެފަ އެވެ. އެހެންނަމަވެސް އެ ހުރިހާ ފިލްމުތަކެއް ވެސް ވަނީ ފިލްމު އުފެއްދި ބަޖެޓަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

އެގޮތުން ޗާލީސް އެންޖެލްސް އާއި ޓާމިނޭޓާގެ ފަހުގެ ފިލްމު ވެސް ވަނީ ބޮޑެތި ފްލޮޕަށްވެފަ އެވެ. އެހެންނަމަވެސް އެ ފިލްމުތައް ވެސް ވަނީ ބަޖެޓަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

ހަތަރު ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ސްޓޭޖް މިއުޒިކަލް އަކަށް ތައްޔާރުކޮށްފައިވާ ކެޓްސް ފިލްމުގައި ޖޭސަން ޑެރޫލޯ އާއި ޓޭލާ ސްވިފްޓް އަދި އިދްރިސް އެލްބާގެ އިތުރުން ޖެނިފާ ހަޑްސަން ފަދަ ފަންނާނުން ވަނީ ފެނިގެން ގޮސްފަ އެވެ.