ޕަތީ ޕަތުނީ އޯރް ވޯގެ ބަތަލު ކާތިކް އާރްޔަން ބަޔޮޕިކް އެއް ކުޅުމަށް ސޮއިކޮށްފި އެވެ.

ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް ފިޔަޖަހަމުން އަންނަ ބަތަލު ކާތިކް ސޮއިކުރީ ޕަންބާޖްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމަރު ސިން ޗަމްކީލާގެ ވާހަކަ ކިޔައިދޭ ފިލްމަކަށެވެ.

އެ ފިލްމަކީ ލައިލާ މަޖުނޫގެ ޑައިރެކްޓަރު ސާޖިދު އަލީ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އިމްތިޔާޒެވެ.

ޗަމްކީލާ ވަނީ އުމުރުން 27ގައި އަހަރުގައި މަރާލައިފަ އެވެ.

ދާދި ފަހުން ކާތިކް ވަނީ ފިލްމު ކުޅެދޭ އަގު ބޮޑު ވެސް ކޮށްފަ އެވެ. މިހާރު އޭނާ ފިލްމު ކުޅެދޭ އަގަކީ ހަތް ކުރޯޑެވެ. އެއީ 973,067.20 ޑޮލަރަށެވެ.