31 Dec 2019, 08:36
އަންމަ މާޗް މަހުގެ 13 ވަނަ ދުވަހު ސްކްރީންކުރުމަށް ހަމަޖެހިފައިވާ ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔަދޭ ބަޔޮޕިކްގެ ލީޑު ރޯލުން ފެނިގެންދާނީ ފިލްމު ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރެވެ. އޭނާ އަކޯ ސްރީދޭވީ އާ ބޯނީ ކަޕޫރުގެ ދަރިފުޅެވެ.
ޝަރަން ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމު ހެދީ ހަތް މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޖާންވީ ބުނީ މި ފިލްމުގެ ލީޑު ރޯލު ކުޅެން ލިބުމަކޯ ބޮޑު ކުރިއެރުމެއް ކަމަށާއި ފިލްމުގައި ހިއްސާވެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި މި ފިލްމު ބެލުންތެރިންނަށް ދައްކާލުމަށް ކެތްމަދުވެފައިވާ ކަމަށް ޖާންވީ ބުންޏެވެ.