01 Jan 2020, 10:39
ކޮލިޓީ ބްރޭންޑުތަކުގެ ސެންޓާއި ކޮސްމެޓިކްސް ވިއްކާ ޕްލާޒާ އިންސެންސްއިން އާ އަހަރާ ދިމާކޮށް ރީޓެއިލް ވެބްސައިޓް ލޯންޗްކޮށްފި އެވެ.
ޕްލާޒާ އިންސެންސް ފިހާރައިން ވިއްކާ ހުރިހާ މުދަލަކާ ގުޅޭ މައުލޫމާތު ބަލާލެވޭ އެވެބްސައިޓުލޯންޗް ކުރީ ރޭ 12:00 ގަ އެވެ.
އާ ވެބްސައިޓާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ޕްލާޒާ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު މޫސާ މުސްތަފާ ވިދާޅުވީ އެ ވެބްސައިޓުން ކަސްޓަމަރުންނަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށެވެ.
ޕްލާޒާ އިންސެންސްއިން އަލަށް ތައާރަފުކުރި ވެބްސައިޓުގެ ހޯމް ޕޭޖް
"މިއީ ހަމައެކަނި ރީޓެއިލް ކަސްޓަމަރުންނަށް ޚާއްސަ ވެބްސައިޓެއް. ޕްލާޒާ އިންސެންސް ފިހާރައިން ވިއްކާ ހުރިހާ މުދަލެއް ވެބްސައިޓުން ބަލާލެވޭނެ. އަދި 250 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް އަޅުގަނޑުމެން ޑެލިވަރީގެ ޚިދުމަތް ވެސް ފޯރުކޮށްދޭނަން." މޫސާ ވިދާޅުވި އެވެ.
މުދާ އޯޑަރު ކުރާ ދުވަހު މުދާ ޑެލިވާ ކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް މެންދުރު ތިނެއްގެ ފަހުން އޯޑަރުކުރާ މުދާ ޑެލިވަރީ ކޮށްދޭނީ ޖެހިގެން އަންނަ ދުވަހު ކަމަށް މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަދި ޑެލިވަރީގެ ޚިދުމަތް މި ދެނީ ހަމައެކަނި މާލެއަށް. އެހެން ނަމަވެސް ކައިރި މުސްތަގްބަލެއްގައި ގްރޭޓާ މާލެ ރީޖަންއަށް ވެސް މި ޚިދުމަތް ފުޅާ ކުރާނަން." މޫސަ ވިދާޅުވި އެވެ.

ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
މީގެ އިތުރުން މޫސަ ވިދާޅުވީ ރީޓެއިލް ވެބްސައިޓް މެދުވެރިކޮށް މުދާ ގަންނަ ފަރާތްތައް ޕްލާޒާ އޮންލައިންގެ ރިވޯޑް ސިސްޓަމަށް އޮޓަމެޓިކުން ކޮލިފައި ވާނެ ކަމަށެވެ.
"ޕޮއިންޓް މި ލިބެނީ ވެބްސައިޓް މެދުވެރިކޮށް ކުރާ ވިޔަފާރީގެ 10 ޕަސެންޓަށް ވާ މިންވަރަށް. ވިޔަފާރި ކުރައްވަމުން ގޮސް ފައިސާއާއި ނުލައި، ޕޮއިންޓުން ވިޔަފާރި ކުރެވޭ ވަރަށް ޕޮއިންޓް އިތުރު ކުރެވޭނެ." މޫސަ ވިދާޅުވި އެވެ.

ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ޕްލާޒާ އިންސެންސްއަކީ ޕްލާޒާ އެންޓަޕްރައިސަސް ކުންފުނީގެ ދަށުން ހިންގާ، ސެންޓާއި ކޮސްމެޓިކްސްގެ މަޝްހޫރު އެކި ބާވަތްތައް ވިއްކާ ފިހާރައެކެވެ.
ޕްލާޒާ އިންސެންސުން މާލޭގެ ރަށްދެބައި މަގުގައި ހުންނަ މައި ފިހާރައިގެ އިތުރުން ހުޅުމާލެ ސެންޓްރޯ މޯލްގައި ޕާލާޒާ އިންސެންސް ސެންޓްރޯގެ ނަމުގައި ވެސް އައުޓްލެޓެއް ހިންގަ އެވެ.

ރަށްދެބައި މަގުގައި ހުންނަ ޕްލާޒާ އިންސެންސްގެ ފިހާރަ-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
އެކުންފުންޏަކީ ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ރަސާސީ ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ އެވެ.
ޕްލާޒާ އިންސެންސުން ރާއްޖޭގައި ރަސާސީ ބްރޭންޑުގެ އުފެއްދުންތައް ވިއްކަމުން އަންނަތާ 18 އަހަރު ވެފައިވާއިރު، އެތަނުން ވިއްކާ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ތެރޭގައި ވޯލްޑް އޮފް ޖޭސް، ކޭންޔޫހޭންޑްލްބާ އަދި ޕަރލީ ވައިޓް ހިމެނެ އެވެ.