30 Dec 2019, 23:10
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 20:24 ހާއިރު ފުވައްމުލަކު ދަނޑިމަގު ގެތްމިއްކިތާ ދިމާލަށް ނައިބުތުއްތުމަގުން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯކު ނުވެގޮސް، ވެއްޓި 37 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ.
ސައިކަލު ދުއްވަން އިން 37 އަހަރުގެ މީހާގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ މޫނުގެ ކަނާތްފަޅުން ވަރަށް ބޮޑަށް މަށައިގެންގޮސް އަނިޔާވެފައިވާ ކަމަށާއި ފަހަތުގައި އިން މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ފުލުހުން ދަނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.