29 Nov 2011, 12:59
މިދިއަ ކޯޓުތަކަށް ހުށަހި ކްރިމިނަލް މައްސަލަ ތަކުގެ އަދަދު 25 ޕަސެންޓް ދަށަށް ދިޔަކަމަށް ތަފާސް ޖުޑިޝަރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިއަ އަހަރު ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ އަދަދު 25 ޕަސެންޓް ދަށަށް ދިޔައިރު 2009 ވަނަ އަހަރު މާލެއާއި އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 4096 ކްރިމިނަލް މައްސަލަ ހުށަހެޅި އެވެ.
މިދިއަ އަހަރު ކްރިމިނަލް މައްސަލަތަކުގެ ގޮތުގައި ކޯޓުތަކަށް ހުށަހެޅިފައިވަނީ 3057 މައްސަލައެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 2009 ވަނަ އަހަރު 1433 ކްރިމިނަލް މައްސަލަ ހުށަހެޅުނު ނަމަވެސް އެ އަދަދު މިދިއަ އަހަރު ވަނީ 900 މައްސަލައަށް ދަށްވެފަ އެވެ.
ތަފާސް ހިސާބުތައް ބުނާ ގޮތުން ސްޕީރިއާކޯޓުތަކަށް ހުށަހެޅުނި ކްރިމިނަލް މައްސަލަތަކުގެ އަދަދު 2661 އިން 2157 އަށް މިދިއަ އަހަރު ވަނީ ތިރިވެފަ އެވެ.
މައްސަލަތަކުގެ ނިސްބަތުން 85 ޕަސެންޓްގެ މައްސަލަ 2009 ވަނަ އަހަރު ނިންމިފައިވާއިރު މިދިއަ އަހަރު ހުށަހެޅުނު މައްސަލަތައް ނިސްބަތުން ބަލާއިރު ނިންމިފައިވަނީ 85 ޕަސެންޓް މައްސަލަ އެވެ.
މިއީ 2009 ވަނަ އަހަރަށްވުރެ 29 ޕަސެންޓް މަދު އަދަދެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.