30 Dec 2019, 13:07
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް މިއަދު ވިދާޅުވީ، ރައީސް ސްރީލަންކާއަށް ވަޑައިގަންނަވަނީ ޗުއްޓީ ދަތުރެއްގައި ކަމަށެވެ.
ރައީސް ލަންކާއަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އަދި އަންނަ ހޮނިހިރު ދުވަހާ ހަަމައަށް ލަންކާގައި މަޑޫކުރައްވާނެކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ސްރީލަންކާގައި ރައީސް ސޯލިހްގެ އާއިލާ ބައެއް ބޭފުުޅުންވެސް މިހާރު ދިރިއުޅުއްވަމުން ގެންދަވަ އެވެ.