30 Dec 2019, 12:29
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ"ގެ ޝޫޓިން ފަށައިފި އެވެ.
އާލިއާ ބަޓް އަންހެން ލީޑުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން ފެށިކަން އާލިއާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ. މިއީ ބަންސާލީގެ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.
އާލިއާ އާއެކު ދެން ފިލްމުން ފެނިގެންދާނީ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން އެވެ.