ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ޖެސީ ޖެއިސީ ކޮއީ ނެހީ" އިން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މޯނާ ސިންހް 38، ކައިވެނިކޮށްފި އެވެ.

ޓީވީ އެކްޓްރަސް މޯނާ މިދިޔަ ހުކުރު ދުވަހު ކައިވެނިކުރި އިރު އޭނާ ކައިވެނިކުރީ އޭނާގެ ލޯބިވެރިޔާ ޝާމް ގޯޕަލަންއާ އެވެ. ޝާމް އަކީ އިންވެސްޓްމަންޓް ބޭންކަރެއްގެ ގޮތުގައި މަސައްކަތްކުރާ
މީހެކެވެ.

އޭނާގެ ކައިވެނި ހަފްލާ މުމްބާއީގައި ބޭއްވި އިރު ކައިވެނި ހަފްލާގައި ވަނީ އޭނާގެ ގާތް އެކުވެރިންނާ އާއިލާއިން ބައިވެރިވެފަ އެވެ. އަދި އެ ހަފްލާގައި ޓީވީ ބަތަލާއިން ވެސް ވަނީ ބައިވެރިވެފަ އެވެ.