ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ރައީސް މައުމޫން އިސްވެ ހަރަކާތްތެރިވާ އެމްއާރުއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުމޫންއަށް ފަރުވާ ދެމުންގެންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

އެޑްމިޓް ކުރީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުމޫން އެޑްމިޓްކުރީ ރޯގާ ދިގުލައިގެން ދާތީ، ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

އިއްޔެ އަކީ މައުމޫންގެ 82 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަހެއް ވެފައިވާ ކަމަށްވެ އެވެ.