ރާއްޖެއަށް އައި އިންޑިއާ މީހެއްގެ އަތުން 17 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މި މަހުގެ 26 ވަނަ ދުވަހު މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް އައި އިންޑިއާ ފިރިހެނެއްގެ އަތުން ކަމަށެވެ.

އޭނާ އަތުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 17 ގުރާމު ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 13،600 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެމީހާއާއެކު އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.