29 Dec 2019, 12:34
ކ. ތިލަފުށި ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.
ފުލުހުން ބުނީ ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވި މައްސަލައެއް މިއަދު 11:45 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ލޯންޗުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.