ކުރީގެ ކާމިޔާބު ފިލްމީތަރި ހެމާ މާލިނީގެ ފިލްމެއް އަންނަ މަހު ސްކްރީންކުރުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ މަހު ތިންވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ރާޖްކުމާރު ރާއޯ ވެސް ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ "ޝިމްލާ މިރުޗީ" އެވެ. މި ފިލްމަކީ މީގެ ފަސްވަރަކަށް އަހަރުކުރިން މަސައްކަތް ނިމި ރިލީޒްނުކުރެވި އޮތް ފިލްމެކެވެ.

ރަކުލއ ޕްރީތު ސިންގް ލީޑު ރޯލުން ފެނިގެންދާ އެ
ފިލްމަކީ ރަމޭޝއ ސިއްޕީ ޑައިރެކްޓުކުރާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައެެވެ.

ފިލްމުގައި ހެމާ ފެނިގެންދާ އޭނާގެ އަންހެން ދަރިފުޅުގެ ލޯބިވެރިޔާއާ ދެކެ ލޯބިވެވޭ މަންމައެއްގެ ރޯލުންނެވެ. ހެމާ މާލިނީ އެންމެ ފަހުން ފެނިގެންދިޔައީ 2017 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "ގޯތަމީޕުތުރާ" އިންނެވެ.